ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ މިސްބާހުކަން ކަށަވަރުކުރެވޭ: ފުލުހުން

މިދިޔަ އޭޕްރީލް މަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މިސްބާހު މުހައްމަދު (25އ) ދުބާއީއަށް ގޮސްފައި ވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކަކާއެކު ކަމަށް ބުނި ވާހަކަ ދޮގުކޮށް އާންމު ކުރި ވީޑިއޯއަކަށް ފުލުހުން ރައްދު ދީފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިޑީއޯގައި މިސްބާޙު ބުނީ ޑްރަގުގެ އެއްވެސް ނެޓުވޯކެއްގައި އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށާއި، ފުލުހުން އެކަމުގައި ހަދަނީ ދޮގު ކަމަށެވެ. އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިހާރު ދައިރުވަމުންދާ ވީޑިއޯގައި ފެންނަމުންދަނީ މިސްބާޙުކަން ފުލުހުންނަށް ކަށަވަރުކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅޭގޮތުން މީގެ ކުރިން ޙިއްސާކޮށްފައިވާ މަޢުލޫމާތުތަކަކީ ފުލުހުންނަށް ކަށަވަރުކުރެވޭ މައުލޫމާތުތަކެއް ކަމަށެވެ.

އެ ވީޑިއޯއާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!