އިތުރު 552 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެ އިން އިތުރު 552 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 271 މީހުންނަކީ ގްރޭޓާ މާލޭ އޭރިއާއިން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތެރޭ އެހެން ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 249 އެވެ. ޖުމްލަ 31 މީހަކު ވަނީ ރިސޯޓުތަކުން ޕޮޒިޓިވްވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 18،462 މީހުންނެވެ. މިހާތަނަށް 49،844 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 164 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ނުވަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ. ހަތަރު މީހަކު އޮތީ އައިސީޔޫގަ އެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަށް މީހަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ. ފަސް މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.

ދަރުމަވަންތަ 17 ގައި ފަސް މީހެއް އަދި 16 ވަނަ ފަންގިފިލާގައި ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ހިޔަލަ ވިންގުގައި ހަ މީހެއް އަދި ޕްރައިވެޓް ވޯޑްގައި ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭޑީކޭގަައި ވެސް ހަތަރު މީހަކު އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑްގައި މިއަދު ތިން މީހަކު މަރުވިއެވެ. އަދާ ހަމައަށް ޖުމްލަ 185 މީހަކު ވަނީ މަރުވެފަ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!