މިނިސްޓަރު ޝާހިދުގެ ކާމިޔާބީއަށް ރައީސް މަރުޙަބާ ދަންނަވައިފި

އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މަރުޙަބާ ދަންނަވައިފިއެވެ.

މިނިސްޓަރު ޝާހިދު އެ މަގާމަށް ހޮވި ވަޑައިގެންނެވީ މިރޭ ބޭއްވި އިންތިހާބުގެ ވޯޓްގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލް އާއި ވާދަ ކުރައްވަ އެވެ. އާންމު މަޖިލީހުގައި މިރޭ ނެގި ވޯޓުގައި، އދގެ މެމްބަރު 193 ގައުމުގެ ތެރެއިން 191 ގައުމު ވޯޓުގައި ބައިވެރިވިއިރު، 143 ގައުމުންވަނީ އަބްދުﷲ ޝާހިދުއަށް ވޯޓު ދެއްވާފައެވެ.

ޝާހިދުއަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޝާހިދު އެ މަގާމު ކާމިިޔާބު ކުރައްވާފައިވަނީ ބޮޑުތަފާތަކުން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އދ ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މުޅި ގައުމު ފަޙުރުވެރި ކޮށްދޭނެ ކަމާމެދަކު ޝައްކުނުކުރާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޝާހިދު އެ މަގާމަށް ހޮވިވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބުނު މަތިވެރި ޝަރަފެއް ކަމަށެވެ.

ޝާހިދަކީ ޚާރިޖީ ދާއިރާގައި މީގެ އެތައް އަހަރު ކުރިއްސުރެ ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އެ ދާއިރާގައި ރާއްޖެ އިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!