އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު: ރާއްޖެ ފަދަ ކުޑަ ޤައުމަކަށް ލިބުނު ބޮޑު ފަޙުރެއް!

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮވިވަޑައިގެންނެވި އިރު މިއީ ރާއްޖޭގެ ސިޔާސަތަށް ލިބުނު ވަރަށް ބޮޑުކާމިޔާބެއް އަދި ފަޙުރެއްވެސް މެއެވެ.

މިނިސްޓަރު ޝާހިދު އެ މަގާމަށް ހޮވި ވަޑައިގެންނެވީ މިރޭ ބޭއްވި އިންތިހާބުގެ ވޯޓްގައި އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލް އާއި ވާދަ ކުރައްވަ އެވެ. އާންމު މަޖިލީހުގައި މިރޭ ނެގި ވޯޓުގައި، އދގެ މެމްބަރު 193 ގައުމުގެ ތެރެއިން 191 ގައުމު ވޯޓުގައި ބައިވެރިވިއިރު، 143 ގައުމުންވަނީ އަބްދުﷲ ޝާހިދުއަށް ވޯޓު ދެއްވާފައެވެ.

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކާމިޔާބު ކުރެވުމާއެެކު އެނގިގެންދަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއަށް ކުރާ އިތުބާރާއި ޔަގީންކަމެވެ. އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމެވުންތަކަށް ކުރާ ތާއީދެވެ. ހަމައެހެންމެ މިއީ ރައީސް ސޯލިހުގެ ޚާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ ދުނިޔެއާ ގުޅުމަށްއަދި ގުޅުން ހީނަރުވެފައިވާ ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް ވެވަޑައިގެންނެވި ވައުދުފުޅެއްވެސްމެއެވެ.

އދ. ގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އޮންނަތާ 55 އަހަރު ވެފައިވާއިރު، މިއީ އ.ދ ގެ އިލެކްޝަނެއްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ.  މިއީ ދިވެހިރާއްޖެއިން އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ އަދި މިފަދަ އިސް މަގާމަކަށް ދިވެއްސަކު އިންތިޚާބުކުރެވުނު ފުރަތަމަ ފަހަރުވެސްމެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ލިބުމުން، މިއީ ބައިނަލްއަޤުވާމީ މާކެޓުގައި ރާއްޖޭގެ ނަމަށް ލިބުނު އިތުރު މަޤުބޫލުކަމެކެވެ.މިކަމުގެ ސަބަބުން މި ޤައުމުގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ރާއްޖެ ފަދަ ކުޑަ ޤައުމަކުން މިފަދަ މަޤާމެއް ކާމިޔާބުކުރުން މިއީ ހިއުމަން ރައިޓްސް ކައުންސިލް ނުވަތަ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން ގޮނޑިއަކަށް ރާއްޖެއިން ވާދަކުރާއިރު ލިބިގެންދާނެ އިތުރު ބާރަކަށްވެސް ވެގެންދާނެއެވެ. ހަމަ އެއާއެކު މޫސުމަށް އަންނަ ބަދަލުތަކާއި، ކުދި ގައުމުތަކުގެ ތަރައްގީފަދަ ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތުކުރާ މައްސަލަތަކުގައި ރާއްޖެއިން ދައްކާ ވާހަކަތަކަށް އިތުރަށް ބާރުލިބިގެންދާނެއެވެ. 

މިނިސްޓަރ ޝާހިދު މި މަޤާމަށް ހޮވިވަޑައިގަތުމަށްފަހު ވަނީ މަޤާމުގައި ހުންނަވައިގެން އެންމެ އިސްކަމެއް ދޭނެ ފަސް ކަމެއް ހާމަކުރައްވައިފައެވެ. އެއީ މުޅި ދުނިޔެއަށް ކުރިމަތިވެފައި އޮތް ކޮވިޑް-19 ގެ އާލަމީ ވަބާއިން އަރައިގަތުމަށް މަސައްކަތް ކުރުމާއި، ކުރިން އޮތް އާންމު ހާލަތަށް ދިޔުމަށް މަސައްކަތް ކުރުމާއި، މޫސުމީ ބަދަލުތަކުން ތިމާވެށި ރައްކާތެރިކުރުމާއި، އެންމެންގެ ހައްގުތައް ހަމަހަމަކަމާއެކު ރައްކާތެރިކުރުމާއި، އދ. ގެ ކުރިއެރުމަށް މަސައްކަތް ކުރުމެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!