އެންދަމަން ފޭބި މީހަކު މަރުވެއްޖެ

އެންދަމަން ފޭބި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ގއ.ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު ހާލު ދެރަވެގެން ގއ.ދެއްވަދޫ ސިއްޙީ މަރުކަޒަށް މިއަދު ހަވީރު 4.40ހާއިރު ގެންގޮސްފައިވާ ކަމަށެވެ.

ދެއްވަދޫ ހެލްތު ސެންޓަރަށް އެމީހާ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެރަށު ސިއްޙީ މަރުކަޒާ ހަވާލާދީ ފުލުހުންވަނީ ބުނެފައެވެ. މަރުވެފައިވަނީ އުމުރުން 59އަހަރުގެ މީހެކެވެ. މަޢުލޫމާތު ލިބޭގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ދޯންޏެއްގައި މަސައްކަތްކުރަމުންދިޔަ އައްޑޫ މީހެކެވެ.

މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!