ފިޔާތޮށި އަހުމަދު މަނިކު އަވަހާރަވެއްޖެ

ދަޢުލަތަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަހުމަދު ހުސައިން މަނިކު ( ފިޔާތޮށި އަހުމަދު މަނިކު ) އަވަހާރަވެއްޖެއެވެ.

އަޙްމަދު ޙުސައިން މަނިކު ނިޔާވެފައިވަނީ ކޯވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 102 އަހަރެވެ. އޭނާ އަކީ ދިވެހިެންގެ ތެރެއިން 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ކަމަށް ސާބިތުވާ މީހުންގެ ތެރޭގައި ހިމެނުނު ބޭފުޅެކެވެ.

އަޙްމަދު ޙުސައިން މަނިކުއަކީ ބައެއް އަތޮޅުތަކުގެ އަތޮޅުވެރިކަމާއި މަޖިލިސް މެމްބަރުކަމާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެރިކަން ކުރައްވާފައިވާ ޚިދުމަތްތެރި ހަރުދަނާ ބޭފުޅެކެވެ.

އަޙްމަދު ޙުސައިން މަނިކުއަކީ ކުރީގެ ރައީސް މައުމޫންއާއި ޔާމީންގެ އާޢިލާ ބޭފުޅެކެވެ. އަދި އެ ޢާއިލާގެ މެމްބަރުންނަކީ އުމުރު ދިގު އާއިލާއެއްކަން ފާހަކުރެވެއެވެ. މިގޮތުން އެވްރެޖްކޮށް 90 އަހަރު ގެ ބޭބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އަދި 80 އަހަރަށްވުރެ ދޮށި ބޭފުޅުންނާއި ބޭކަނބަލުންވެސް އެބަތިއްބެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!