ހަނިމާދޫ ބަނދަރު ތަރައްޤީކުރަން ބޭނުންވާބޮޑުހިލައިގެ ބާޖެއް ގެންގޮސްފި

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ބާރޖް މިއަދު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން  ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަޙައްދުގެ 53،522.50 ކިއުބިކް މީޓަރުގެ ފުންކުރުމަށް ހަމަޖެހިފައި ވާއިރު، 31،575.50 ކިއުބިކް މީޓަރުގެ ސަރަޙައްދެއް، ބަނދަރަށް ވަދެވެން އޮންނަ ދިމާ ނެރު ފުންކުރާނެއެވެ.

ހަނިމާދޫގެ ބޭރު ތޮށި ލަނީ 355 މީޓަރުގެ ސަރަޙައްދެއްގައި ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާއިރު، 270 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ތެރެއިން 2583 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދިގެން ދާނެއެވެ.

މި މަޝްރޫއުއަކީ 53.94 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި 425 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީންބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!