ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ 35 ޕަސެންޓު މަސައްކަތް ނިމިއްޖެ

ރ. ކިނޮޅަހުގައި އެމްޑަބްލިޔުއެސްސީ ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ 35 ޕަސަންޓް ނިމިންމާލައިފިއެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލ ކުރެވިގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ މި މަޝްރޫއުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 91 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ނަރުދަމާ ނިޒާމުގައި ހިމެނޭ 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ 72 ޕަސަންޓް މަސައްކަތާ،އި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ 77 ޕަސަންޓް މަސައްކަތާއި ސީ އައުޓް ފޯލް އެޅުމުގެ 35 ޕަސަންޓް މަސައްކަތް، އަދި ޕަންޕިން ސްޓޭޝަންތަކުގެ 16 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިޔުއެސްސީއިން މައުލޫމާތު ދެއެވެ.

މި މަޝްރޫއު ހިންގުމުގެ ތެރެއިން ކިނޮޅަހުގައި 6.27 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް އެޅުމާ ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާ ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި 135 ގެޔަކަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ އިތުރުން މި ގެތަކުގައި ފެން މީޓަރު ބަހައްޓައި ރައްކާތެރިކަމާއެކު ބޯފެން ފޯރުކޮށްދެވިގެންދާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!