އިންކުއަރީގެ ރިޕޯޓް މިމަހުގެ ފަހު ހަފްތާ މަޖިލީހަށް ފޮނުވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ “ޕާލިމެންޓް އިންކްއަރީ” ނިންމާ 241 ކޮމިޓީގެ ރިޕޯޓް މި މަހުގެ ފަހު ހަފުތާގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމައިފި އެވެ.

އިންކުއަރީގެ ފަހުގެ މައުލޫމާތުތައް މިއަދު ނޫސްވެރިންނާ ހިއްސާ ކުރައްވަމުން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީގެ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަނީ ޓައިމްލައިނެއް އެކުލަވާލައިގެން ކަމަށެވެ. ކޮމިޓީގެ މަސައްކަތްތައް މިހާތަނަށް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އިންކުއަރީގެ ރިޕޯޓް ނިންމާ މި މަހުގެ ފަހު ހަފުތާގެ ގައި ފޮނުވާނެ ކަމަށެވެ.

އިންކުއަރީ ކުރިއަށް ގެންދިއުމަށް މިހާތަނަށް ކޮމިޓީގެ 35 ބައްދަލުވުމެއް ބާއްވާ، 83 ގަޑިއިރު ކޮމިޓީގެ މެންބަރުން އެ މަސައްކަތުގައި އުޅުއްވާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. އަދި ނުރަސްމީކޮށް ވެސް އެވަރުގެ ވަގުތުތަކެއް އެ މަސައްކަތުގައި ހޭދަ ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކޮމިޓީން ބޭނުންވާ މައުލޫމާތު ހޯދަން ހަތް ފަރާތަކާއެކު ރަސްމީކޮށް މިހާތަނަށް ބައްދަލު ކޮށް ކޮމިޓީން ބޭނުންވާ ސާފު ސީދާ ޖަވާބުތައް ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ފަސް ބޭފުޅަކާ ބައްދަލު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މަޖިލީހުގެ 241 ކޮމިޓީއަށް އެކިއެކި އިދާރާތަކުގެ ބޭފުޅުން ހާޒިރު ކޮށްގެން ބަލަމުންދާ މައިގަނޑު ކަމަކީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!