ފޮޓޯ: ގޫގުލް

ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަނީ

ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފި އެވެ.

ކްރިމިނަލް ކޯޓަށް ހޯދަން އިއުލާނު ކޮށްފައި ވަނީ ދެ ފަނޑިޔާރުންނެވެ. ފަނޑިޔާރު ކަމަށް ކުރިމަތި ލެވެނީ 25 އަހަރު ފުރިފައިވާ މީހުނަށެވެ. ފަނޑިޔާރު ކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ދެ އަހަރުގެ ތަޖުރިބާ ވެސް ހުންނަން ޖެހެ އެވެ.

ފަނޑިޔާރުންގެ އަސާސީ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 30،000ރ. އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި 3300ރ. ލިބޭނެ އެވެ. ފަނޑިޔާރުންގެ ޖުމްލަ މުސާރައާއި އިނާޔަތުގެ ގޮތުގައި 48،300ރ. ލިބޭނެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 20 ވަނަ ދުވަހުގެ 1:00 ޖެހުމުގެ ކުރިން ޖޭއެސްސީއަށް އީމެއިލް ކުރަން ޖެހެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!