މިޝްކާގެ މަރު: އިތުރު ފިޔަވަޅުތަކެއް އަޅައިފި

މިދިިޔަ އަންގާރަ ދުވަހުގެ ރޭ ކޮވިޑް ބަލީގައި މަރުވި ފާތިމަތު މިޝްކާއަށް ފަރުވާ ދިނުމުގައި ވެފައިވާ އިހުމާލުތަކާއި ގުޅިގެން އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅުތަކެއް އަޅައިިފި އެވެ.

މިޝްކާއަށް ފަރުވާ ދިނުމުގައި ލަސްތަކެއްވީ އިދާރާތަކުގެ އިހުމާލުން ކަމަށް އާއިލާއިން ބުނުމާއި ގުޅިގެން އެކަން ބެލުމަށް ހެލްތް މިނިސްޓްރީން ވަނީ ހާއްސަ ތަހުގީގެއް ހިންގާފައެވެ. އެ ތަހުގީގު ފުރަތަމަ މަރުހަލާގެ ރިޕޯޓް އާންމުކޮށްފައިވާއިރު ތަހުގީގުގައި އިދާރާތަކުގެ ބޮޑެތި އިހުމާލުތަކެއް ވަނީ ފާހަގަކޮށްފައެވެ. އެކަމާއި ގުޅިގެން މަސައްކަތްތައް ހަރުދަނާކޮށް އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ހެލްތް މިނިސްޓްރީގެ ފުރަތަމަ މަރުހަލާގެ ރިޕޯޓަށް ބެލުމަށް ފަހު ތިން މަރުހަލާއަކަށް ބަހާލައިގެން ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ކޯލް ސެންޓަރަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމުގައި އަމަލުކުރާ އުސޫލު ހަރުދަނާކޮށް ކޯލް ސެންޓަރުން އަމަލު ކުރަންޖެހޭ ގޮތަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން އިމާޖަންސީ ކޯލްތަކުގައި ފޯން ކޯލް ނުބާއްވާ މޫވްމަންޓް ޓީމަށް ޕާސްކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަދި އެފަދަ ކޭސްތަކަށް އެޑެންޓް ކުރުމާއެކު އަވަސް ފަރުވާ ދިނުމަށް އެމްބިއުލާންސް ފޮނުވޭނެ އަވަސް ގޮތްތަކެއް ހަމަޖެއްސުމާއި ކޯޑިނޭޝަން ރަނގަޅު ކުރުމަށް އޯބީ ސިސްޓަމް ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތްތަކާއި އޯބީ ސިސްޓަމް ފެއިލްވެއްޖެނަމަ ދެން އަމަލު ކުރަން ޖެހޭ ގޮތްތަކެއްވެސް ހަަމަޖައްސަމުންދާ ކަަމަށެވެ.

“މި އެޅޭ ފިޔަވަޅުތައް ފެއިލްވެއްޖެނަމަ ސޭފްޓީ މެކޭނިޒަމެއްގެ ގޮތުން ތިންވަނައަށް ކޮވިޑް އިމާޖަންސީ ހާލަތްތަކުގައި ވޯކިން ކުރެވޭނެ ގޮތަށް ހޮސްޕިޓަލްތަކަށްވެސް ވޯކިން ކުރެވޭނެ ގޮތަށް އަދި އޯޕީޑީ ހިދުމަތް ހޯދުމަށްވެސް ދެވޭނެ ތަންތަން ކަނޑައަޅާ އެ ތަންތަން އޮޕަރޭޝަނަލައިޒް ކުރެވި އެތަންތަނުގެ އޮޕަރޭޝަން އޮޕްޓިމައިޒް ކުރުމުގެ މަސައްކަތް މިވަގުތު އެބަ ކުރިއަށްދޭ،” މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ހެލްތް މިނިސްޓްރީން ބައެއް އެނަލައިޒް ހަދާފައިވާ ކަމަށާ އެކަމާއި ގުޅިގެން ގެންނަން ޖެހޭ ބަދަލުތައްވެސް މިހާރު ގެންނަމުންދާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!