ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދުގެ މަޖިލިސް ކެންސަލް

ޓެކްނިކަލް މައްސަލަތަކެެއް ދިމާވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންދަން ނިންމައިފި އެވެ.

ޖަލްސާ ކެންސަލް ކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މިއަދަށް ތާވަލްކުރި ޖަލްސާ ކެންސަލް ކުރީ ދިމާވި ޓެކްނިކަލް މައްސަލައާ ގުޅިގެން އެކަން ހައްލުކުރަން ގިނަ ވަގުތު ނަގާނެ ކަމަށް ބެލެވޭތީ ކަމަށެވެ. ދިމާވި މައްސަލައެއް ވިދާޅެއް ނުވެ އެވެ.

ޖަލްސާ ކެންސަލް ކުރި އިރު ރޭ ނެރުނު މަޖިލީހުގެ އެޖެންޑާގައިވާ ގޮތުން މިއަދަށް އޮތް ޖަލްސާ ތާވަަލްކޮށްފައި އޮތީ ހެނދުނު 10:00 ގައި ފަށާށެވެ. އެގަޑިއަށް ޖަލްސާ ފެށޭ ގޮތް ނުވުމުން ދެން މަސައްކަތް ކުރީ 10:30 ގައި ޖަލްސާ ފަށާށެވެ. ނަމަވެސް 10:30 ގައި ވެސް ޖަލްސާ ފެށޭ ގޮތް ނުވުމުން ފަހުން ޖަލްސާ ކެންސަލް ކުރީ އެވެ.

މީގެ ކުރިން ވެސް ޓެކްނިކަލް މައްސަލަތައް ދިމާވެގެން މަޖިލީހުގެ ޖަލްސާތައް ގަޑިއަށް ނުފެށި ދެއެވެ. އަދި ކެންސަލްކޮށްފައި ވެސް ވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!