ކޯވިޑްއަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސެއް ނިޔާވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ދިވެއްސެއް ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 9:33 ހާއިރު ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ފަރުވާ ދެމުންދިޔަ އުމުރުން 100 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާކަމަށެވެ. މި މަރާއެކު މިއަދުގެ މިހާތަނަށް ކޯވިޑް ޖެހިގެން 2 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އެންމެ ފުރަތަމަ ނިޔާވީ އުމުރުން 86 އަހަރުދެ ދިވެހި ފިރެހެނެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ ރޭ 12:19 ހާއިރުއެވެ.

ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 187 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 170 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހުއެވެ. މިބަލީގައި މިދިޔަ މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!