ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ 86 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ 86 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ ރޭ 12:19 ހާއިރުއެވެ.

މިއީ ރާއްޖެއިން މިބަލީގައި މަރުވި 186 ވަނަ މީހާއެވެ. މީގެތެރޭގައި ހިމެނެނީ 169 ދިވެހިންނާއި 17 ބިދޭސީންނެވެ.

ކޯވިޑް-19ގައި ރާއްޖޭގެ ޙާލަތު އެންމެ ގޯސްވީ މިދިޔަ މަހުއެވެ. މިބަލީގައި މިދިޔަ މަހު 80 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!