ޒަހަމްތަކަކާއެކު މާލެ މަގުމަތީގައި އޮތް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

ރޭ މާފަންނު ބިސްބުރު ކައިރީގައި މަގުމަތީގައި ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މި މީހާއަކީ ބިސްބުރު ކައިރީ ހުރި ގެޔަކަށް ވައްކަން ކުރަން ވަތް މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ޒަހަމްތަކަކާއެކު މާފަންނު ބިސްބުރުކައިރީ މަގުމަތީގައި މީހަކު އޮތް ކަމުގެ މައުލޫމާތު 23:11 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!