ހަމަލާގައި ހިމެނޭ ތިން މީހެއްގެ ބަންދަށް އިތުރު 15 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފައިވަނީ މިއަދު ކަމަށް އެނގިފައިވެ އެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ)ގެ އިތުރުން ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. މިހަމަލާގެ ތުހުމަތުގައި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ފާތިހުގެ ބަންދުގެ މުއްދަތުވެސް ވަނީ ހަމަވެފަ އެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ނިންމި ގޮތެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މިހަމަލާއާއި ގުޅިގެން އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު އެމީހާގެ މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

Written by

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!