ސީޒަން ހަދާ ފިލްމަކަށް ދުވަހަކުވެސް ނުލާނެ އެކްޓްރެސް އަކީ މިއީ

ބައިސްކޯފުން ގެނެސްދޭ “ތުންތުންމަތިން” ޝޯގެ އެންމެ ފަހުގެ އެޕިސޯޑުގައި ބައިވެރިވެ، މަޝްހޫރު އެކްޓަރު އަލީ ސީޒަން ދިވެހި ފިލްމީ ދާއިރާއާ ބެހޭ ގިނަ ވާހަކަތަކެއް ދައްކައިފިއެވެ.

ދިވެހި އެކްޓަރުންގެ ކިބައިގައި މަސައްކަތުގެ އަހުލާގެއް ނެތްކަމަށް މި ޝޯގެ ތެރެއިން އެތައް ފަހަރަކު ސީޒަން ވަނީ ބުނެފައެވެ. އަދި އެއީ ގިނަ ދިވެހިންގެ ގޮތް ކަމަށާއި، ދިވެހިންގެ ނެތް ސިފައެއް ފިލްމީ ދާއިރާއިން ވެސް ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން “ޓުރުތު އޯ ޑެއާ” ގޭމް ކުޅެމުން ޝޯގެ ހޯސްޓު ޝަހޫ ކުރި ސުވާލަކީ، ސީޒަންގެ ޕްރޮޑަކްޝަން ހައުސް އިން ހަދާ ފިލްމަކަށް ދުވަހަކުވެސް ނުލާނެ އެކްޓްރެސް އަކީ ކޮބައިތޯއެވެ.

މި ސުވާލަށް އެއްވެސް އިތުރު ވިސްނުމަކަށް ނުގޮސް ޖަވާބުދެމުން ސީޒަން ބުނީ އެއީ މަރިޔަމް ނިޝާ ކަމަށެވެ. އެކަމަކު ސީޒަން މަރިޔަމް ނިޝާގެ ނަން ބުނެފައިވަނީ، އެއީ މިހާރު ފިލްމީ ދާއިރާއާ ދުރުގައި ހުރި ތަރިއަކަށްވުމުން ކަމަށް ބެލެވެއެވެ. އެއީ ސީޒަން އެހެން ބުނުމާއެކު، އޭނާ ޖަވާބުދެނީ ބޯ ބޭނުންކޮށްގެން ކަމަށް ޝަހޫ ބުނެއެވެ.

އެ ސުވާލަށް މަރިޔަމް ނިޝާގެ ނަން ސީޒަން ދިން ނަމަވެސް، މި ދެތަރިން ވަނީ ކުރިން އެކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެތެރެއިން ފިލްމު “ގިނިހިލަ” އެއީ ވަރަށް ފާހަގަކޮށްލެވޭ މަސައްކަތެކެވެ. ނިޝާ ފަހުން ފިލްމީ ދާއިރާއާ ދުރަށް ދިޔައީ އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އެކަމަކު މިހާރުވެސް އޭނާގެ އެނބުރި އައުމާ ބެހޭގޮތުން ދަނީ ވާހަކަދެކެވެމުންނެވެ.

ކޮންމެއަކަސް ސީޒަން ދިން ޖަވާބަށް ބަލާފައި، މިހާރު ތިބި ތަރިންގެ ތެރެއިން ސީޒަން ހަދާ ފިލްމަކަށް ނުލާނެ ތަރިއެއް ހުރިހެނެއް ހިއެއް ނުވެއެވެ.

“ތުންތުންމަތިން” ގައި ސީޒަން ބައިވެރިވެފައިވަނީ ލަވަކިޔުންތެރިޔާ އަޝްފާއާ އެކީގައެވެ. މި ދެ ފަންނާނުންނަކީ ގާތް އެކުވެރިންނެވެ. އަދި މި ޝޯގައި ދެމީހުން ވަނީ އެކަކު އަނެކަކާ ވަރަށް ސަމާސާކޮށްފައެވެ. އެގޮތުން ސީޒަން ވަނީ މަޖަލަކަށް އަޝްފާދެކެ ލޯބިވާ ކަމަށް ވެސް ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!