ރޭޕް މައްސަލައިގައި ޕާލް އާ ދެކޮޅަށް ހެކި އެބަހުރި: މުމްބާއީ ފުލުހުން

ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޕާލް ވީ ޕޫރީ ހައްޔަރުކުރީ ހަގީގަތެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށް މުމްބާއީ ފުލުހުން ބުނެފިއެވެ.

ޕާލް ހައްޔަރުކުރި ޚަބަރާއެކު އޭނާގެ ރައްޓެހި ފަންނާނުން ވަނީ އޭނާ ދިފާއުކޮށްފައެވެ. އެގޮތުން މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރު ވަނީ، ރޭޕްގެ ޝިކާރައަކަށްވި ކަމަށްބުނާ އަންހެންކުއްޖާގެ މަންމައާ ހަވާލާދީ ޕާލްގެ އެއްވެސް ކުށެއްނެތް ކަމަށް ބުނެފައެވެ. މީގެ އިތުރުން، ޓީވީ އެކްޓަރުން ކަމަށްވާ އަނީތާ ހަސަންދާނީ އާއި ކްރިސްޓަލް ޑީ ސޫޒާ ފަދަ ތަރިންވެސް ވަނީ ޕާލް އެފަދަ ކަމެއް ނުކުރާނެ ކަމަށްބުނެ އޭނާ ދޫކޮށްލުމަށް ގޮވާލައިފައެވެ.

އެހެންނަމަވެސް މިއަދު މީޑިއާތަކަށް ދިން ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަމުން، ޕާލްގެ މައްސަލައާ ހަވާލުވެގެން ހުރި ޑެޕިއުޓީ ސުޕަރިންޓެންޑެންޓް ސަންޖޭ ކުމާރު ޕާޓިލް ބުނީ ޕާލްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ދޮގެއް ނޫން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ އޭނާއާ ދެކޮޅަށް ހެކިވެސް ހުރުމުން ކަމަށް ވަނީ ބުނެފައެވެ.

ޕާޓިލް ބުނީ ހަގީގަތް ހާމަވެގެންދާނީ ކޯޓު މަރުހަލާއަށް ފަހުގައި ކަމަށެވެ.

މިއީ ޕާލްގެ ސަޕޯޓަރުންނަށް އަޑުއަހަން ފަސޭހަ ވާހަކައަކަށް ނުވާނެކަން ޔަގީނެވެ.

ޕާލް، 31، މަޝްހޫރުވެގެން ދިޔައީ “ނާގިން 3” އާއި “ބޭޕަނާ ޕިޔާރް ހޭ” ކުޅުނު ފަހުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!