ދުވަސްވީ އެކްޓަރު ދިލިޕް ކުމާރު ހޮސްޕިޓަލްގައި އެޑްމިޓުކޮށްފި

ބޮލީވުޑްގެ އެންމެ ދުވަސްވީ އެކްޓަރު ދިލިޕް ކުމާރުގެ ހާލު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓުކޮށްފިއެވެ.

އިންޑިއާ ސިނަމާގެ ރަންޒަމާނުގެ އެކްޓަރުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި އެކްޓަރު ކަމަށްވާ ދިލިޕް، މުމްބާއީގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލްގައި މިއަދު އެޑްމިޓުކުރީ ނޭވާލާން އުނދަގޫވެގެން ކަމަށް އޭނާގެ އަންހެނުން ސައިރާ ބާނޫ ވަނީ ބުނެފައެވެ. ދިލިޕްގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން ވެސް ވަނީ މި ޚަބަރު ކަށަވަރުކޮށްދީފައެވެ. އަދި އޭނާއަށް ހެޔޮދުޢާ ކޮށްދިނުމަށް ވަނީ އެދިފައެވެ.

ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި ދިލިޕް މިހާރު އޮތީ އޮކްސިޖަން ސަޕޯޓުގައެވެ.

ދިލިޕް، 98، ހޮސްޕިޓަލުގައި އެޑްމިޓުކުރި ޚަބަރު ލިބުމާއެކު، ބޮލީވުޑްގެ ގިނަ ތަރިންތަކެއް ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ޓްވީޓު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!