ކޮވިޑްގައި 41 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް ބަލީގައި މިއަދު ތިންވަނަ މީހަކު މަރު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި މިހާ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަދި މަރުވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާ މަރުވީ މިރޭ 7:40 ގައި ކަަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއީ މި ބަލީގައި މިއަދު ތިން ވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއަށްފަހު މިއަދު ހެންދުނު ވެސް އެ ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 82 އަހަރުގެ އަންހެންކު ވަނީ މަރުވެފައެވެ.

މިއަދު މަރުވި ތިން މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!