ދިވެހި ބަހުގެ އެކަޑެމީ އިން އަދަބީ އީދެއް ބާއްވަނީ

ތަފާތު އަދަބީ މުބާރާތްތަކާއި އެކު އަދަބީ އީދެއް ބާއްވަން ދިވެހި ބަހުގެ އެކަޑެމީ އިން ނިންމައިފި އެވެ.

ދިވެހި ބަހުގެ އެކަޑެމީ އިން ބުނީ އަދަބީ އީދު ބޭއްވުމުގެ ބޭނުމަކީ ދިވެހި އަދަބު ކުރިއެރުވުމާއި އަދަބީ އުފެއްދުންތައް ހުށަހެޅުމުގެ ހުނަރު ތަރައްގީ ކުރުން ކަމަށެވެ.

އަދަބީ އީދު ހާއްސަ ކޮށްފައިވާނީ މައިގަނޑު ތިން އުމުރު ފުރައަކަށެވެ. އެއީ 10އަހަރާއި 13 އަހަރާ ދެމެދާއި 13 އަހަރާއި 17 އަހަރާ ދެމެދު އަދި 17 އަހަރާއި 20 އަހަރާ ދެމެދެވެ.

އެކަޑެމީ އިން ބުނި ގޮތުގައި އަދަބީ އީދުގައި ކުރިއަށް ގެންދާނީ ބަނދި ކިޔުމުގެ މުބާރާތަކާއި ޅެމާއި އަދި ރައިވަރު ކިޔުމުގެ މުބާރާތެއްގެ އިތުރުން ވާހަކަ ކިޔުމުގެ މުބާރާތެކެވެ. ކޮންމެ ބައިވެރިއަކަށް ވެސް ގިނަވެގެން ދެ މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

އަދަބީ އީދުގައި ބައިވެރިވެވޭނީ އެކެޑަމީން ހާއްސަކޮށްފައިވާ ގޫގްލް ފޯމެއް ފުރިހަމަ ކޮށްގެންނެވެ. އަދި މުބާރާތަށް ހުށަހަޅާ އަދަބީ އުފެއްދުންތައް ހުށަހަޅާނީ އެ އެކެޑަމީގެ 7986230′ ނަންބަރުގެ ޓެލެގުރާމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!