ގާޒީ ފާއިޒާ މެދު ސުލޫކީ ފިޔަވަޅު އަޅަނީ

ކްރިމިނަލް ކޯޓްގެ ގާޒީ ހުސައިން ފާއިޒު ރަޝާދުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.

ގާޒީ ހުސައިން ފާއިޒާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލާފައިވަނީ ސިވިލްކޯޓްގައި މަސައްކަތް ކުރި ދުވަސްވަރު އަމަލުކޮށްފައިވާ ގޮތަކާ ގުޅިގެންނެވެ.

ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ޝަރީއަތް ކުރާ ރޫމުގެ ބޭރުން ކޯޓްގެ އެހެން މުވައްޒިފަކު ލައްވާ މައްސަލަ ރައްދުވާ ފަރާތް ގޭބަންދު ކުރުވައި ކޯޓްރޫމްގެ ބޭރުގައި މައްސަލަ ރައްދުވާ ފަރާތް ބޭންދުމަށްފަހު މައްސަލައިގެ ހުކުމް ހަވާލުކުރުމަކީ ކުރާ ކަމެއް ކަމަށް ބުނެފައިވާ ގާޒީ ހުސައިން ފާއިޒުގެ މި އަމަލަކީ ކޯޓްތަކުގެ ގާނޫނުގެ 58 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!