މަބްރޫކް ކޮވިޑް-19ށް ނެގެޓިވް

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ކޮވިޑް-19ށް ނެގެޓިވްވެއްޖެއެވެ.

ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރުމަށްފަހު ގޭގައި އެކަހެރިވެވަޑައިގެންނެވީ މި މަހުގެ ތިން ވަނަ ދުވަހުއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނީ ބައްޔަށް ނެގެޓިވްވުމާ ގުޅިގެން އާދިއްތަ ދުވަހުން ފެށިގެން ކޮވިޑްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލުގެ ހާމަކުރުމުގެ އިތުރުން ނޫސްވެރިންގެ ސުވާލުތަކަށް މިނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ޖަވާބު ދެއްވައެވެ. އަދި އެޗްއީއޯސީގެ ޑޮކްޓަރުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މިނިސްޓަރުންނާއި އިސްބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނައެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުންވާއިރު، ހުރިހާ ނޫސްވެރިންނަށް ވެސް ސުވާލުކުރުމުގެ ފުރުސަތުދެއެވެ.

ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރުވަނަ ރާޅާއެކު ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!