ސިވިލް ކޯޓުގެ އިސް ގާޟީގެ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި

ސިވިލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ ޢަލީއާ ބެހޭގޮތުން ތަޙްޤީޤްކުރި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖޭ.އެސް.ސީން ނިންމައިފިއެވެ.

ޤާޟީ ޢަބްދުﷲގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް ހުށައެޅުނީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އަދި އެ ކޮމިޝަނުން އެ މައްސަލަ ތަޙްޤީޤް ކުރަމުން ދާކަން ޤާޟީ އަށް އެންގީ އެއަހަރުގެ ޖޫންމަހުން 3 ވަނަ ދުވަހުއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ކޮމިޝަނަށް ހުށައެޅުނު ޤާޟީ ޢަބްދުﷲ ގެ މައްސަލަ އެ ކޮމިޝަނުން ތަހުޤީޤް ކުރުމަށްފަހު އެ މައްސަލަ ސާބިތު ނުވާކަމަށް މިދިޔަ މެއި މަހުގެ 31ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުން ނިންމާފައިވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!