ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 150 އަށްވުރެ ގިނަ މީހުންގެ މަޢުލޫމާތު ހޯދައިފި

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 150 އަށްވުރެ ގިނަ މީހުންގެ މަޢުލޫމާތު ހޯދައިފި އެވެ.

ފުލުހުން މިކަން ހާމަކުރެއްވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެންމެފަހުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ފްރެސް ކޮންފަރެންސެއްގައެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ފުލުހުން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަމަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް 150 އަށްވުރެ ގިނަ ފަރާތުން މައުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. އަދި 25 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހުން ފިޔަވައި އިތުރު ބަޔަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. ނަމަވެސް ތަހުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، މިކަމުގެ ފަހަތުގައި ތިބި މީހުން ހޯދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޕްރެސް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ޚަރަދުކުރި މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އެމެރިކާގެ ތަޖުރިބާކާރެއްގެ އެހީގެ ދަށުން އެމަސައްކަތްކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!