އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި

އޮޑިޓަރ ޖެނެރަލް ‏ކަމަށް‌‎ ‌‏ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ‌‏ރައީސުލްޖުމްހޫރިއްޔާގެ ‌‏އޮފީހުން އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އޮޑިޓަރ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުގެ މުއްދަތު، 16 ޖޫން ވާ ބުދަ ދުވަހުގެ މެންދުރު 12:30 ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވަނީ ބޮޑު ޚިޔާނާތުން މަންފާވިކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓުގައި އޮޑިޓާ ޖެނެރަލް ކަމުގައި ހުންނެވި ހަސަން ޒިޔަތު ހިމެނިވަޑައިގެންފައިވާތީ އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. ޒިޔަތު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.

މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް މިހާރު ހަމަޖެހިފައިވަނީ، 2021 ޖޫން 15 އަދި 16 ވަނަ ދުވަހު ހެނދުނު 10:00ން މެންދުރު 12:30ށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ‏އަދި، މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އެ އޮފީހުގެ ‌‏ވެބްސައިޓުގެ އެޑްރެހަކީ ‏www.presidency.gov.mv‏ އެވެ.‏

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!