241 ކޮމެޓީއަށް މިނިސްޓަރ އަސްލަމާއި ކުރީގެ މޭޔަރ ސިފާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް ޕްލޭނިން މިނިސްޓަރ އަހްމަދު އަސްލަމް ހާޒިރުވެޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ކަމާއި ފުޅޭ ދައިރާތަކުގެ އިސްވެރިންނާއި ބައއެް މުވައްޒަފުން އަންނަނީ ހާޒިރުވަމުންނެވެ. މި އިންކުއަރީއަަށް ބޭފުޅުން ހާޒިރުކުރި ނަމަވެސް ކޮމެޓީގެ ބައްދަލުވުންތައް ގެންދަނީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައެވެ.

މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ ސިފާ މުހައްމަދުވެސް މިއަދު ވަނީ ހާޒިރުކޮށްފައެވެ.

ސައިކަލެއްގެ ބޮމެއް ހަރުކޮށް ގޮއްވާލައިގެން ރައީސް ނަޝީދަށް ނުރައްކާތެރި ޓެރަރަިޒަމްގެ ހަމަލާއެއް ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންވަން ދަނިކޮށެވެ. ރައީސް ނަޝީދަށް ބަޔަކު މީހުން ހަމަލާދީފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކެނެރީގެ ހުންނަ މަގުގައި ސައިކަލް ޕާކުނުކުރެވޭ ގޮތް ހަދާދިނުމަށް ސިޓީ ކައުންސިލްގައި އެމްއެންޑީއެފުން އެދިފައިވަނިކޮށެވެ. އެކަމާއި ގުޅިގެން ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ އެމްއެންޑީއެފުން އެދުނ އެދުމާއި އެއްގޮތަށް އަމަލުކުރުމަށް އެކަން ސިޓީއަކުން ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް ޕްލޭނިން މިނިސްޓްރީން ވިދަޅުވެފައިވަނީ އެ ސިޓީ ލިބިފައި ނުވާކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!