ވިލިމާލެ ކުޑަކުދިންގެ ހިޔާގެ ގުނަދަނުގައި އަލިފާނުގެ ހާދިސާއެއް

ވިލިމާލެ ކުޑަކުދިންގެ ހިޔާގެ ދެ ވަނަ އިމާރާތުގައި ހުންނަ ތަކެތި ރައްކާކުރާ ގުނަދަނުގައި އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދުގެ 10:46 ހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިއު ސާރވިސްއާއި ވިލިމާލޭ ފަޔާރ ސްޓޭޝަން ގުޅިގެން މި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

އެމްއެންޑީއެފުން ބުނީ، ކުޑަކުދިންގެ ހިޔާގެ ޓެރަހުގައި ހުރި ގުދަނެއްގައި ރޯވި އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!