މާލޭ ޖަލުގެ ހުރިހާ މޫވްމަންޓެއް އެއްކޮށް ހުއްޓާލައިފި

ކޯވިޑް ފެތުރޭތީ މާލޭ ޖަލުގައި ތިބި އެއްވެސް ޤައިދީއަކު ޝަރީއަތަށްވެސް ނުގެންދާން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ނިންމައިފިއެވެ.

މާލޭ ޖަލުގައި ހައްޔަރުކޮށް ތިބި ބައެއް ޤައިދީންގެ ޝަރީއަތެއް މިއަދު އޮތީ ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައެވެ.

ކްރިމިނަލް ކޯޓްގައި މިއަދު ބާއްވަން ތާވަލުކޮށްފައި އޮތް ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ. އެއީ ތިމަރަފުށީ ތައުލީމީ މަރުކަޒުގައި އޯލެވްލެ އިމްތިހާނު ހަދަމުންދަނިކޮށް އެ މަރުކަޒު ގޮއްވާލަން، ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްސަލައެވެ.

މި އަޑުއެހުން ކެންސަލްކުރީ ކޯވިޑް ވަރަށް ބޮޑަށް ފެތުރިފައިވާތީ އެއްވެސް ޤައިދީއަކުން ޖަލުން ބޭރަށް ނެރެން ކަރެކްޝަނުން ބޭނުންނުވާތީއެވެ. އަދި މިވަގުތު މާލޭ ޖަލުގެ ހުރިހާ މޫވްމަންޓެއް އެއްކޮށް ހުއްޓާލާފައިވާކަން ކަރެކްޝަނުން ވަނީ ކޯޓަށް އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!