މިމަހުގެ 8 ވަނަ ދުވަހަށްފަހު ޑެލިވަރީ ޕާމިޓްތައް ބޭނުމެއް ނުކުރެވޭނެ

ވިޔަފާރިތަކަށް މިހާރު ދޫކޮށްފައިހުރި ޑެލިވަރީ ޕާމިޓްތައް މިމަހުގެ 8 ވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މިހާރު ދޫކޮށްފައި ހުރި ވެހިކަލް ޕާމިޓްތައް ‘ސަޕޯޓް ޕާމިޓް’ތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި މިއާއެކު ކުރިން ދޫކޮށްފައިހުރި ވެހިކަލް ޕާމިޓްތައް މިމަހުގެ 8ވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރިކޮށް، ‘ސަޕޯޓް ޕާމިޓް’ އަށް އެޕްލައި ކުރެވޭނެ ކަމަށް ފުލުހުން ހާމަކުރެއެވެ.

ކޯވިޑް-19 ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މާލެ ސަރަޙައްދުގައި ބޭރަށް ނިކުމެ އުޅެވޭ ވަގުތުވަނީ މަދުކޮށްފައެވެ. އެގޮތުން ހުއްދަ ނެތި ހަވީރު 16:00އިން ފަތިހު 04:00އަށް ބޭރުގައި އުޅުމަކީ މަނާކަމެކެވެ. މިއާ ގުޅިގެން ޒަރޫރީ ބޭނުންތަކުގައި ނުވަތަ ޚާއްސަ ހާލަތްތަކުގައި ބޭރަށް ނިކުންނަންޖެހޭ މީހުންނަށް ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދައާއެކުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!