އިންކުއަރީ ކޮމިޓީއަށް އަށް ޝަމާލް މިއަދު ހާޒިރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހާޒިރުކުރަން ތާވަލުކޮށްފިއެވެ.

ކޮމިޓީއަށް ހާޒިރުވާން ޝަމާލް އަންގާފައިވަނީ މިއަދު މެންދުރުފަހު 1:00 ޖަހާއިރު އެވެ.

އެމްއެންޑީއެފްގެ ބޭފުޅުންގެ ތެރެއިން ކޮމިޓީއަށް ހާޒިރުވާން މިހާތަނަށް އަންގާފައިވަނީ ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ. މި ދެ ބޭފުޅުންގެ އިތުރުން ކޮމިޓީއަށް ހާޒިރުކުރަން ބޭނުންވާ ސިފައިންގެ ބޭފުޅުންގެ ތެރޭގައި 40 އަކަށް ބޭފުޅުން ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ އެ މުއައްސަސާގެ ފަރާތުން ކަމަށް ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!