ހުޅުމާލޭގެ 3 ސަރަހައްދެއްގައި ހެދިކާ ވިއްކާ ޓެންޓުތަކެއް ބަހައްޓަނީ

ހުޅުމާލޭގެ 3 ސަރަހައްދެއްގައި ހެދިކާ ވިއްކާ ޓެންޓުތަކެއް ގާއިމުކުރުމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ނިންމައިފިއެވެ.

ހުޅުމާލެ ނެއިބާހުޑް 1 ، 2 އަދި 3 ގައި ހެދުމަށް ނިންމާފައިވާ މި ޝެލްޓަރތަކުގައި ޖުމުލަ 30 ފަރާތަކަށް ޚިދުމަތް ދެވޭނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. މި ޝެލްޓަރތަކުގައި ހެދިކާ ވިއްކުމުގެ އިތުރުން އޯޕަން އޭރިއާއަކާއި ކުޑަކުދިން ކުޅޭނެ ވަޞީލަތްތައް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން ޑަސްބިންތަކާއި އިށީނދެލާނެ ބެންޗްތައްވެސް ބަހައްޓާފައި ހުންނާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެޗްޑީސީން ވިދާޅުވީ ޝެލްޓަރތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރާނީ އެ ކުންފުނީގެ ޚަރަދުގައިކަމަށާއި މަސައްކަތް ކުރާނީވެސް ކުންފުނީގެ މުވައްޒަފުންކަމަށެވެ. އަދި މިވަގުތު އެ މަޝްރޫޢުގެ ޕްލޭން އެކުލަވާލާ އަމަލީ މަސައްކަތް ވަނީ ފަށާފައިކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ އެކި ސަރަހައްދުގައި ބަހައްޓާފައިވާ ހެދިޔާ ވިއްކާ ގާޑިޔާތަކުގައި ގިނަ ބަޔަކު ހެދިކާ ވިއްކަމުން އަންނައިރު މިފަދަ 30 ގާޑިޔާއެއް ހުޅުމާލޭގައި ހުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!