ކޯވިޑްގައި އިތުރު ދެމީހުން ނިޔާވެ، ޖުމްލަ 184 އަށް

ކޯވިޑް ޖެހިގެން ރާއްޖެއިން އިތުރު ދެ މީހުން ނިޔާވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 08:00 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު ނިޔާވެފައިވާކަމަށެވެ. މަރުވެފައިވަނީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ.

މީގެއިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 93 އަހަރުގެ ފިރިހެނެއް ރޭ ދަންވަރު 12:47 ހާއިރު ނިޔާވެފައިވާކަމަށެވެ. 

މިއާ އެކު ރާއްޖެއިން ކޮވީޑް-19 ގައި ނިޔާވި މީހުންގެ އަދަދު ވަނީ 184 ކަށް އަރާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!