އާދަވެގެން ފޮނިކާތަކެތި ކާނަމަ ހަންގަނޑަށް އަސަރުކުރޭ

ފޮނިކާތަކެއްޗަކީ އޭގެ އަވައިގައި އެތައްބަޔަކު ޖެހިފައިވާ އެއްޗެކެވެ. ސިއްޙަތަށް އެހާ ރަނގަޅު އެއްޗަކަށް ނުވިޔަސް، އަނގައަށް މީރުވެފައި ދެވިހިފާ ޒާތުގެ އެއްޗަކަށް ވާތީ، ފޮނި އެއްޗިއްސާ ދުރުވުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

މާގިނައިން ފޮނި އެއްޗެހި ކާނަމަ ހަކުރު ބައްޔާއި ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ އިތުރުން، ބަރުދަން އިތުރުވުމާއެކު މޫނުގެ ހަންގަނޑަށް ވެސް އަސަރުކުރެއެވެ. މިފަހަރު މި ފާހަގަކޮށްލަނީ، އާދަވެގެން ފޮނިކާތަކެތި ކާނަމަ މޫނުމަތިން ފެންނާނެ ބައެއް އަސަރުތަކެވެ.

  • ފޮނިކާތަކެތީގެ މަތީ މިންވަރަކަށް ގްލައިސީމިކް ކިޔާ މާއްދާއެއް އެކުވެލޭތީ، އޭގެ ސަބަބުން ދުވަސްވުމުގެ އަލާމާތްތައް މޫނުމަތިން ފެންނަލެއް އަވަސްވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ފޮނިކާއެއްޗިއްސަކީ ގިނަ ދުވަހު ޒުވާންކަންމަތ ހުރުމަށް އެޅޭ ހުރަހެކެވެ.
  • ހަކުރު ހިމެނޭ އެއްޗެހި މާ ގިނައިން ކާނަމަ ހަންގަނޑުގެ ތަންތަންކޮޅުން ދިލަނަގައި ރަވްތާ ގޮތް (އިންފްލެމޭޝަން) ވުން އެކަށީގެންވެއެވެ.
  • ހަކުރަކީ މޫނުގައި ބިހިނެގުން ވެސް އިތުރުކޮށްދޭ އެއްޗެކެވެ. އެހެންކަމުން، މޫނުގައި ބިހިނެގުން ހުއްޓުމަކަށް ނާންނަ ނަމަ، ފޮނި އެއްޗިއްސާ އަވަހަށް ދުރުވާށެވެ.
  • އެއްބައި މީހުންގެ ހަންގަނޑަށް މާކުރިންވެސް މައްސަލަތައް ދިމާވެފައި ހުރެއެވެ. ފޮނި އެއްޗެހި ގިނައިން ކާނަމަ އެ މައްސަލަ ރަނގަޅުވުމުގެ ފުރުސަތު ކުޑަވެ، އިތުރަށް ގޯސްވުން އެކަށީގެންވެއެވެ.
  • ފޮނި އެއްޗެހި ކެއުމުން މޫނުމަތީގެ އޮފުކަން ގެއްލި، ކުރަކި ކަމަށް ދައްކައެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، ފޮނި އެއްޗިއްސަކީ އާދައަކަށް ހަދައިގެން ކާ ވަރަށްވުރެ މާ ނުރައްކާ އެއްޗެއްކަން އެނގިގެންދެއެވެ. އެހެންކަމުން، ޗޮކްލެޓާއި ޕުޑިންގ އަދި ކޭކު ކަހަލަ އެއްޗެހި ކާއިރު ވަކި މިނެއް ގެންގުޅުން ރަނގަޅުވާނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!