އިތުރު 590 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 590 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއަދުގެ އަދަދުތަކުގެ ތެރެއިން 461 މީހުންނަކީ މިއަދު އިރުއޮއްސި 18:00 އާ ހަމައަށް ފާއިތުވި 24 ގަޑިއިރު ތެރޭގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ. ބާކީ ތިބި 129 މީހުންނަކީ ކުރިން ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާ ލިބުމުގައި ލަސްތަކެއް ވެފައިވާ މީހުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވި 590 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުން ޕޮޒިޓިވްވި 389 މީހަކާއި، އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 195 މީހަކާއި ރިސޯޓްތަކުން 6 މީހެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 67،538 އަށް އަރައިފައެވެ.

މިއަދު އިއުލާން ކޮށްފައި ވަނީ 5256 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެން ޕޮޒިޓިވްވި މީހުންގެ ނަތީޖާއެވެ.

މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތައް 20،014 ގައި އުޅޭއިރު، އޭގެތެރެއިން 191 މީހަކަށް ދަނީ ހޮސްޕިޓަލްގައި އެޑްމިޓުކޮށްގެން ފަރުވާދެމުންނެވެ.

 އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1603 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!