ޑިފެންސްގެ ނައިބުގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އެކަމަށް އިންކާރު ކުރައްވައި، މަޖިލީހުގެ އިދާރާ އަށް ފޮނުއްވި ސިޓީގައި ސޮއިކުރައްވާފައި އޮތުމުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގައި އެދިއްޖެއެވެ.

ޒަމީލް ސޮއިކުރައްވައި ޑިފެންސް މިނިސްޓްރީން މަޖިލީހުގެ އިދާރާ އަށް ފޮނުވި ސިޓީގައިވާ ގޮތުގައި ވަކިވަކި ސިފައިންގެ ބަދަލުގައި މަޖިލީހަށް ޖަވާބުދާރީ ވާނީ އެ މުއައްސަސާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ބޮމުގެ ހަމަލާދިން މައްސަލާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާން ނިންމާފައިވާ މައްސަލާގައި އެމްއެންޑީއެފަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.

އެ މައްސަލައިގައި ޒަމީލަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ ކަން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓާ ހަސަން ޒިޔާއު ކަށަވަރު ކޮށްދެއްވައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!