މެންބަރު ހައިތަމްގެ ދެކަނބަލުންނަށް ހަމަލާއެއް ދޭން އުޅުނު މައްސަލައެއް ފުލުހަށް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޚައިތަމާއި އޭނާގެ އަނބިކަނބަލުންނަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މެންބަރު ޚައިތަމާއި އަނބިކަނބަލުންނާ ބަޔަކު މީހުން މިރޭ ދިމާކޮށްލާފައި ވަނީ، ދިރިއުޅުއްވާ ގެ ކައިރިން މަގުމަތިންނެވެ. އަދި އެދެކަނބަލުންގެ ފަހަތުން އައިސް ގެއަށް ވަންނަން ވެސް އެމީހުން މަސައްކަތް ކުރި ކަމަށްވެއެވެ. މީގެ އިތުރުން އެމީހުން ވަނީ ޚައިތަމާއި އޭނާގެ އަނބިކަނބަލުންނަށް އިންޒާރުދީފައެވެ. ނަމަވެސް އިންޒާރުދިނީ ކޮންކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ.

މި ހާދިސާއަށް ފަހު ޚައިތަމްގެ އަނބިކަނބަލުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. ޚައިތަމް ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ ކަަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!