ފުނަދޫގައި ހިނގި މޫދުކުޅިވަރުގެ އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ށ. ފުނަދޫގައި ޒުވާނުންތަކެއް މޫދުކުޅިވަރު ކުޅެނިކޮށް އެކްސިޑެންޓެއް ހިނގައި އެކަކު މަރުވެއްޖެއެވެ.

ޖެޓްސްކީ ދުއްވަނިކޮށް ހިނގި މި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ޝުނާން ޝަރީފެވެ. ޝުނާން މަރުވީ އެ ހާދިސާގައި ލިބުނު ޒަހަމްތަކަށް ފުނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ފަރުވާ ދެމުންދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ޝުނާން ޝަރީފް

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ފުނަދޫ ކައުންސިލުން ބުނެއެވެ. އެގޮތުން އެކްސިޑެންޓު ހިނގަން މެދުވެރިވީ، ޖެޓްސްކީ ފަހަތުގައި ފަންބެޑެއް ޖަހައިގެން ދުއްވަމުން ދަނިކޮށް، އަނބުރާލި ގަޑީގައި ފަހަތުގައި އިން އެކަކު، މޫދުގައި ހުރި ލަކުޑި ޕޯސްޓެއްގައި ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. އެވަގުތު އެ ފަންބެޑްގައި ދެމީހަކު ތިއްބެވެ. އޭގެ ތެރެއިން މަރުވީ އެކަކެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!