Former Maldives President Mohamed Nasheed delivers a lecture on climate change in New Delhi, India, Thursday, Feb. 14, 2019. In an interview to The Associated Press Thursday after giving a climate change lecture, Nasheed said the Indian Ocean archipelago nation is seeking tenders for renewable energy projects to help lessen the burden of foreign debt. (AP Photo/Manish Swarup)

އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ގާއިމުކޮށްގެން ލިބެން އޮތީ ފައިދާ: ރައީސް ނަޝީދު

އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކޮށްގެން ލިބެން އޮތީ ފައިދާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށެވެ. އެ ވިސްނުމަކީ އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފައިވާ ވިސްނުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އައްޑޫ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް. އަމިއްލަ ނޭފަތު ކުރީގައި ތަޅުލެވިފަ ނުވާ ވިސްނުމެއް, އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމުގެ ސަބަބުން އައްޑޫ އަށްވެސް އަދި ރާއްޖެ އަށް ވެސް ލިބެން އޮތީ ފައިދާ،” ނަޝީދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި އިންޑީއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އުޅޭކަން ދިވެހިންނަށް އެނގިގެން ދިޔައީ އެ ގައުމުގެ ކެބިނެޓުން އެކަން ފާސްކޮށް އެގައުމުގެ މީޑީއާތަކުގައި ރިޕޯޓުކުރުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!