ފޮޓޯ؛ ގޫގުލް

މަޖިލީހުގެ އިންކުއަރީ ކޮމެޓީ އަށް ސީޕީ ހާޒިރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދައަށް އަމާޒުކޮށް މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަދާ އިންކުއަރީގެ މަސައްކަތް ކުރާ 241 ކޮމެޓީ އަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހާޒިރު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީ އަށް ފުރަތަމަ ހާޒިރުކުރާ ބޭފުޅެއްގެ ގޮތުގައި، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ހާޒިރުކޮށްގެން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެއީ ސިއްރު ބައްދަލުވެއް ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ އިންކުއަރީ ކޮމެޓީއަށް އެންމެ ފުރަތަމަ ހާޒިރުކުރަން ނިންމާފައި ވަނީ ވަކިވަކި ފުލުހުންނާއި ސިފައިންނެވެ. ޕޮލިސް ކޮމިޝަނަރާއެކު ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި ފަސް ބޭފުޅަކާ ސުވާލުކުރަން ކޮމެޓީން ބޭނުންވާ ކަމަށްވެ އެވެ.ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ސިފައިން ބުނަނީ ކޮމިޓީއަށް ހާޒިރުކުރަން ބޭނުންވާ މީހުންގެ ލިސްޓުގައި 40 ވަރަކަށް ސިފައިން ހިމަނާފައި އޮއްވަ އެވެ.

 އެމްއެންޑީއެފް އިން ބުނެފައިވަނީ އެ މުވައްސަސާގެ ފަރާތުން ވަކިވަކި ސިފައިން ކޮމެޓީ އަށް ޖަވާބު ދާރީ ވުމުގެ ބަދަލުގައި، ޖަވާބުދާރީ ވާނީ މުޅި މުވައްސަސާ އިން ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!