ކޮވިޑް ބަލީގައި މިއަދު 4 މަރު، އަދަދު 182 އަށް

ކޮވިޑް-19 ގައި މިއަދުގެ މިހާތަނަށް ހަތަރު މީހުން މަރު ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކާއި، އެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 64 އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 79 އަހަރުގެ އަންހެނެއްގެ އިތުރުން 68 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 182 އަށް އަރައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!