ލޮކްޑައުން އާ ހިލާފުވެގެން ޓައިގާ އާއި ދިޝާއާ ދެކޮޅަށް މައްސަލައެއް

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑް ދެތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ދިޝާ ޕަޓާނީއާ ދެކޮޅަށް ފުލުސް އޮފީހުގައި މައްސަލައެއް ހުށަހަޅައިފިއެވެ.

މުމްބާއީ ފުލުސް އޮފީހުގައި އެދެތަރިންނާ ދެކޮޅަށް އެފްއައިއާރް އެއް ރަޖިސްޓާ ކޮށްފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވެގެންނެވެ. އެގޮތުން ކޮވިޑްގެ ކޭސްތައް ގިނަވެގެން މަހާރަޝްތުރާ ލޮކްޑައުން ކޮށްފައި ވަނިކޮށް، ދިޝާއާއި ޓައިގާ ވަނީ މިދިޔަ އަންގާރަދުވަހު ބޭރަށް ނުކުމެ ކާރު ދުއްވައިލަން ގޮސްފައެވެ. އެމީހުން ކާރުގައި ދަނިކޮށް ފުލުހުން ހުއްޓުވައި ސުވާލު ކުރުމުން ބޭރަށް ނުކުތުމުގެ ހުއްދަ ލިބޭ ކަހަލަ ޒަރޫރީ ބޭނުމެއް ދެއްކިފައި ނުވާތީ، އެދެމީހުންނާމެދު ފިޔަވަޅު އަޅަންޖެހުނީ ކަމަށް ފުލުހުން ވަނީ މީޑިއާތަކަށް ހިއްސާކޮށްފައެވެ.

ނަމަވެސް ދިޝާއާއި ޓައިގާ ހައްޔަރުނުކުރީ، އެއީ ކަފާލާތު ލިބޭ ކަހަލަ މައްސަލައަކަށްވުމުން ކަމަށް ފުލުހުން ބުންޏެވެ.

އިންޑިއާގެ މަހާރަޝްތުރާ ލޮކްޑައުން ކޮށްފައި ވަނީ މި މަހުގެ 15 އާ ހަމައަށެވެ. މި މުއްދަތުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 7ން މެންދުރު 2 އަށެވެ. ޓައިގާއާއި ދިޝާ ބޭރުގައި އުޅުނީ 2 ގެ ފަހުން ކަމަށްވާތީ، އެދެމީހުން ލޮކްޑައުން އާ ޚީލާފުވިކަމަށް ވަނީ ނިންމައިފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!