ޝާހްރުކް ޚާނާ ވައްތަރު މީހެއް ފެނި އެންމެން އާޝޯހުކޮށްލައިފި!

އިންޑިއާގެ އެންމެ މަޝްހޫރު އެއް ފިލްމީ ތަރި ޝާހްރުކް ޚާނާ ވަަރަށް ވައްތަރު މީހަކަށް މީސްމީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ޝާހްރުކް އާ ވައްތަރު މީހުން މީގެކުރިން ވެސް ވަނީ އިންޑިއާއިން ފެނިފައެވެ. އެގޮތުން އިންޑިއާގައި ޓިކްޓޮކް ބޭނުންކުރި ދުވަސްވަރު، ޝާހްރުކްގެ އެކްޓިންގ އާއި ސްޓައިލް ކޮޕީކޮށްގެން ގިނަ ބަޔަކު ވަނީ އެ އެޕް މެދުވެރިކޮށް އާންމުންގެ ސަމާލުކަން ހޯދައިފައިވެއެވެ.

މިފަހަރު މަޝްހޫރުވެގެން އުޅޭ މީހާގެ ނަމަކީ އިބްރާހިމް ޤަދްރީ އެވެ. ޝާހްރުކް ޚާން ގޮތަށް ތުނބުޅި ބަހައްޓައި އިސްތަށިގަނޑު ވެސް ހަމަ އެގޮތަށް އިބްރާހިމް ވަނީ ސްޓައިލް ކޮށްފައެވެ. އަދި މީސްމީޑިއާގައި ޝާހްރުކް ޚާންގެ ފިލްމުތަކުގެ ތަންތަންކޮޅަށް އެކްޓުކޮށްފައި ވީޑިއޯ ހިއްސާކުރަމުންދެއެވެ. އޭނާއަށް 48 ހާހަށްވުރެ ގިނަ ފޮލޯވަރުން އިންސްޓަގްރާމްގައި ލިބިފައިވާއިރު، އޭނާއަކީ ޝާހްރުކް ޚާންގެ ވަރަށް ބޮޑު ފޭނެއް ކަން އިންސްޓަގްރާމް ފީޑް ބަލައިލުމުން ހާމަވެއެވެ.

ބޮލީވުޑްގެ ޚާނުންގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ޝާހްރުކް ޚާނާ ވައްތަރު އެތައް ބަޔަކު މީގެކުރިންވެސް ފެނިފައި ވިޔަސް، އޭގެން އެއްވެސް މީހެއްގެ މަޝްހޫރުކަން މާ ގިނަ ދުވަހަކަށް ދެމިގެންގޮސްފައެއް ނުވެއެވެ. އަދި މީސްމިޑިއާ ޕްލެޓްފޯމުތައް ފިޔަވައި މާގިނަ ފުރުސަތުތަކެއް ވެސް ލިބިގެންނެއް ނުދެއެވެ. މިފަހަރު އިބްރާހިމް ޤަދްރީއަށް ވާނެ ގޮތެއް އަދި ނޭނގެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!