މިއީ ކޮން މަޝްހޫރު އެކްޓްރެސް އެއް؟

މަތީގައި ތި ފެންނަ ފޮޓޯގައި އެވަނީ ބޮލީވުޑްގެ ވަރަށް ހުނަރުވެރި ބަތަލާއެކެވެ.

މިއީ ޒުވާން އެކްޓްރެސް އާލިއާ ބަޓް އިއްޔެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެކެވެ. މިހާރުގެ ފޮޓޯއަކާއި ކުޑައިރުގެ ފޮޓޯއެއް ހިއްސާކުރަމުން އާލިއާ ބުނެދޭން ބޭނުންވީ މޫދާއި ގޮނޑުދޮށަށް އޭނާގެ ހިތުގައި އޮތް ފަނޑުވުމެއް ނެތް ލޯބީގެ ވާހަކައެވެ. ދެ ފޮޓޯގައި ވެސް އާލިއާ އިނީ މޫދު ކައިރީގައެވެ.

28 އަހަރުގެ ބަތަލާގެ މި ޕޯސްޓަށް 1 މިލިއަނަށްވުރެ ގިނަ ލައިކު ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ އޭނާގެ ކުޑައިރުގެ ފޮޓޯއަށް ތަޢުރީފުކޮށްފައެވެ.

އާލިއާ މޫދާއި ފެތުމަށް ގަޔާވާކަން މީގެކުރިން ވެސް ވަނީ އެނގިގެންގޮސްފައެވެ. އެއީ މި އަހަރު ކުރީކޮޅު ރާއްޖެ އައިސް ހިއްސާކުރި ޕޯސްޓުތަކަކުންނެވެ.

އާލިއާ ބަޓް އެންމެ އަވަހަށް ފެނިގެންދާނީ ސަންޖޭ ލީލާ ބަންސާލީގެ “ގަންގުބާއި ކަތިއަވަޅީ” އިންނެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!