ބަތަލާ ޔަމީ ގޯތަމް ކައިވެނިކޮށްފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޔަމީ ގޯތަމް ކައިވެނީގެ ގޮށް ޖަހައިފިއެވެ.

ޔަމީ، 32، ކައިވެނި ކުރީ ޑައިރެކްޓަރު އަދިތިޔާ ދަރް އާއެވެ. އެ ކައިވެނީގެ ފޮޓޯއެއް ޔަމީ ވަނީ މިއަދު އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ޔަމީ ބުނީ އެދެމީހުންނަކީ ވަރަށް “ޕްރައިވެޓް” ބައެއް ކަމަށާއި، ކައިވެނި ހަފްލާ ބޭއްވީ ދެފަރާތުގެ އާއިލާގެ ހާޒިރުގައި ކަމަށެވެ. ކައިވެނި ކުރިކަން އިޢުލާނު ކުރުމާއެކު ފޭނުންނާއި ބޮލީވުޑްގެ ތަރިން އަންނަނީ އެދެމަފިރިންނަށް ތަހުނިޔާ ކިޔަމުންނެވެ.

އެ ހަފްލާގައި ޔަމީ ލައިގެން އިނީ މެރޫން ކުަލައިގެ ސާޅީއެކެވެ. އެއާއެކު ރަންކުލައިގެ ގަހަނާއިން ވަނީ ޒީނަތްވެފައެވެ. އަނެއްކޮޅުން އަދިތިޔާ ލައިގެން ހުރީ ހުދުކުލައިގެ ޝޭރްވާނީއަކާއި ކްރީމް ކުލައިގެ ޖެކެޓެކެވެ.

ޔަމީ ގޯތަމް ބޮލީވުޑަށް ތަޢާރަފްވީ 2012 ވަނަ އަހަރު، “ވިކީ ޑޯނާ” އިންނެވެ. އޭގެފަހުން އޭނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ބޫތު ޕޮލިސް” ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!