ކޮވިޑް ބަލީގައި މިއަދު ތިންވަނަ މީހަކު މަރުވެއްޖެ

ރާއްޖެއިން ކޮވިޑް-19 ބަލީގައި ތިންވަނަ މީހަކު މަރުވެއްޖެއެވެ.

އެންމެފަހުން މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރެއެވެ. އަދި އެ އަންހެން މީހާ މަރުވީ ވިލިމާލެ ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު 4:30 ގައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ، މިއަދު ފަތިހު އައިޖީއެމްއެޗްއަށް ގެންދިޔަ ސްރީލަންކާ މީހެކާއި، ހެނދުނު 11:17 ހާއިރު ބަނޑިދޫން މަރުވި އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ވިލިމާލެ އިން މިއަދު ނިޔާވި މީހާއާއެކު މިހާރު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 177 އަށް އަރައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!