ކޮވިޑް ޖެހިގެން 37 އަހަރުގެ ލަންކާ މީހެއް މަރުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދެމުން ދަނިކޮށް މިއަދު 37 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި، މިއަދު ފަތިހު 4:24 ގައި މަރުވެފައިވަނީ ސްރީ ލަންކާ ރައްޔިތެއް ކަމަށެވެ. އަދި އޭނާ މަރުވީ އައިޖީއެމްއެޗްގެ އެމެޖެންސީ ރޫމަށް ގެނައި ފަހުން ކަމަށް ބުނެއެވެ.

ކޮވިޑް-19 ބަލީގައި މިއަދު ވަނީ ދ.ބަނޑިދޫން ވެސް މީހަކު މަރުވެފައެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެއްސެކެވެ.

މިއާއެކު، މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 176 އަށް އަރައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!