ކޮވިޑުން ފަސޭހަވެ ދަގަނޑޭ އަލުން ޓީމާ ގުޅެނީ

ގައުމީ ފުޓުބޯޅަ ޓީމު ދުބާއީގައި ކުރިއަށް ގެންދިޔަ ޓްރެއިން ކޭމްޕްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ރާއްޖޭގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ)އެ ބަލިން ރަނގަޅުވެ، ޓީމާ އަލުން ގުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.

ފީފާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން މީގެ ފަސް ދުވަސްކުރިން ހެދި ކޮވިޑު ޓެސްޓުތަކުން އެހެން ބައެއް ކުޅުންތެރިންނާއެކު ދަގަނޑޭ ޕޮޒިޓިވްވި ނަމަވެސް، މިއަދު ހެދި ޓެސްޓުތަކުން ނެގަޓިވް ވެފައިވާކަމަށް އޭނާ ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. އަދި މާދަމާ ގައުމީ ޓީމާ އަލުން ގުޅޭނެ ކަމަށް ވަނީ ބުނެފައެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ސީރިއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ދަގަނޑޭ އަށް ނުކުޅެވުނަސް، ކޮލިފައިންގައި ޗައިނާ އާއި ފިލިޕީންސްގައި ކުޅެންޖެހޭ މެޗުގައި ދަގަނޑޭ ފެންނާނެ ކަމަށް ބެލެވެއެވެ.

ކޮލިފިކޭޝަނުގައި ޗައިނާއާއި ދެކޮޅަަށް ރާއްޖެ ކުޅޭނީ އަންނަ ހުކުރުދުވަހު އެވެ. އަދި ފިލިޕީންސް އާއި ދެކޮޅަށް ކުޅޭނީ މިމަހުގެ 15 ގައެވެ. މި މެޗުތަކަށް ނުކުންނައިރު ދަގަނޑޭއަށް ކުޅުމުގެ ފުރުސަތު ލިބުމުން މިއީ ގައުމީ ޓީމުގެ ކުޅުންތެރިންނަަށް ލިބުނު ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ. އަދި ކޯޗު މާޓިން ކޫޕްމަނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކަށް ވާނެއެވެ.

ކޮލިފައިންގައި މިރޭ ރާއްޖެއާއި ސީރިއާ ބައްދަލުކުރާ މެޗު ފަށާނީ މާލޭ ގަޑިން 21:00 ގައެވެ. މި މެޗު “ޔެސް ޓީވީ” އިން ލައިވްކުރާނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!