ކެނެޑާ އިން ވެސް ރާއްޖެއަށް ވެކްސިން ފޯރުކޮށްދެނީ

ކޮވިޑް-19 އިން އަރައިގަތުމަށް ޤައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީވުމަށް ކެނެޑާއިން ހިންގާ ޕްރޮގްރާމްގައި، ކޮވިޑް ދިފާޢު ވެކްސިން ފޮނުވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނައިފިއެވެ.

ކެނެޑާއިން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނޮން މިއަދު ވިދާޅުވީ، ކެނެޑާ އިން މި ވެކްސިން ފޯރުކޮށްދޭނީ ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ފަސޭހައިން ވެކްސިން ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ އިން އެކުލަވައިލައިފައިވާ ކޮވެކްސް ފެސިލިޓީގެ ދަށުން ކަމަށެވެ.

ކޮވެކްސް ފެސިލިޓީ އަށް ކެނެޑާ އިން މީގެ ކުރިން ފަންޑުކުރި އަދަދުގެ ދެ ގުނަ އިތުރު ފައިސާ އިއްޔެ ވަނީ ހަދިޔާކޮށްފައެވެ. އެއީ 220 މިލިއަން ކެނެޑީން ޑޮލަރެވެ.

ކެނެޑާއިން ރާއްޖެއަށާއި ސްރީލަންކާއަށް ވެކްސިން ފޯރުކޮށްދޭއިރު، އެއީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ކެނެޑާގެ އިތުރުން އެމެރިކާއިން ވެކްސިން ފޮނުވާ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ވަނީ ހިމަނައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!