މިޝްކާގެ މަރުގެ ރިޕޯޓް ލަސްވަނީ ގިނަ ކަންތައްތަކެއް ބަލަންޖެހޭތީ: ހެލްތް

ފަރުވާ ދެވުން ލަސްވެގެން ނިޔާވި ފާތިމަތު މިޝްކާ މުހައްމަދުގެ މަރާ ގުޅިގެން ކުރަމުންގެންދާ ތަހުޤީގު ލަސްވަނީ ގިނަ ކަންތައްތަކެއް ބަލަންޖެހޭތީކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިޝްކާގެ މަރާ ގުޅޭ ތަހުޤީގާއި ގުޅިގެން ހެލްތް މިނިސްޓްރީން އިއްޔެ ވިދާޅުވީ އެ މައްސަލައިގެ ރިޕޯޓް އިއްޔެ މެންދުރުފަހު ހާމަކުރާނެކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިިއރުވެސް މި މައްސަލައިގެ ރިޕޯޓް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތަށް އިއްޔެ އެ ރިޕޯޓް އާންމުކޮށްފައި ނުވާތީ ސޯޝަލް މީޑިއާގައި އާންމުން ގެންދަނީ އެ ރިޕޯޓް ކޮބައިތޯ ސުވާލުކުރަމުންނެވެ. ރިޕޯޓް އާންމު ކުރުމަށް އިއްޔެ ހެލްތު މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ކުރިން މަސައްކަތް ކުރި ކަމަށް އެނގިފައިވެ އެވެ.

އާންމުންގެ ސުވާލުތަކާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޯވިޑް ބަލީގައި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމާއި ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

“މި މައްސަލާގައި ގިނަ ކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތު ނަގާ. މަސައްކަތް ކުރަމުން މިދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް،” މިނިސްޓްރީގެ ޓްވީޓްގައި ބުނެފައިވެ އެވެ.

މިޝްކާ މަރުވި މައްސަލާގައި ކަމާ ގުޅޭ އިދާރާތަކުގެ އިހްމާލެއް އުޅޭ ކަމަށް މިނިސްޓަރު ނަސީމް ވަނީ އެެއްބަސްވެ ވަޑައިގެންފަ އެވެ. އަދި އެމައްސަލައިގެ ރިޕޯޓް އާންމުކުރާއިރު އެމަނިކުފާނުގެ އިހްމާލެއް އޮތް ނަމަ އިސްތިއުފާ ދެއްވުމާ މެދު ދެކޭ ގޮތް ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

މިޝްކާ މަރުވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަމުންދާއިރު ރައްޔިތުންގެ މަޖިލީހާއި އެޗްއާރްސީއެމުން ވެސް ގެންދަނީ ބަލަމުންނެވެ.

މިޝްކާ އަންގާރަ ދުވަހުގެ ރޭ ނިޔާވި މައްސަލާގައި އެ ކުއްޖާގެ އާއިލާގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިޝްކާގެ ބައްޕައާއި މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިޝްކާ ވެސް ގޭގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. އެކަމަކު އަންގާރަ ދުވަހުގެ ރެއާ ހަމައަށް މިޝްކާގެ ހާލު ރަނގަޅު ކަމަށާއި ކުއްލިއަކަށް އެރޭ ހާލު ގޯސްވުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް ގުޅީ އަންގާރަ ދުވަހުގެ ރޭ 11:40 ހާއިރު ކަމަށް އާއިލާ އިން ބުނެފައިވެ އެވެ. މިޝްކާ ބަލައި އެމްބިއުލާންސް އައީ ގުޅިތާ ގާތްގަނޑަކަށް ތިންގަޑިއިރު ފަހުން ކަމަށްވެސް އާއިލާ އިން ބުނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!